ސާބަހޭ ރައީސް ވަހީދު! ޝާހިދާއި އެމްޑީޕީ ދެން ލަލަލާ....

އެމްޑީޕީ އިން ހުށަހެޅި 5 މިލިއަން ރުފިޔާގެ ދަހިވެތިކަމުގައި ކެހިވެރި ގޭމެއް ޖައްސައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދު ޑީމޯރަލައިޒްކޮށްލައި، ރިޔާސީ ބަޔާން އިއްވުން ފެއިލްކޮށްލުމަށް އެމްޑީޕީ އާއި ގުޅިގެން ޝާހިދު ކުޅުނު ޑްރާމާ ފްލޮޕްވެ، ދިވެހި ދައުލަތް ތަގުންގެ "ތަގޯކްރަސީ" ގެ ކުރިމަތީގައި ބޯނުލަނބާނެކަން މިއަދު ހާމަވެގެން ހިނގައްޖެއެވެ.

މިފުރުސަތުގައި މިސައިޓުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދަށާއި އެމަނިކުފާނުގެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދު ދެއްކެވި ހިތްވަރުފުޅަށާއި، އެމަނިކުފާނު ދެއްކެވި ކެތްތެރިކަމަށް އަދި ބޭނުންކުރެއްވި ހިކުމަތު އަމަލީގެ މޮޅުކަމަށްޓަކައި އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ.

ރައްޔިތުންގެ މަޖިލިސް ތެރޭގައި ކަންތައް ހިނގައިދިޔަގޮތުން ޝާހިދުގެ މަކަރުވެރިކަމާއި ހީލަތްތެރިކަން ރައްޔިތުންނަށް ވަރަށް ރީތިކޮށް ފެނިގެން ހިނގައްޖެއެވެ. މީގެ ކުރިން ޝާހިދު ރިޔާސަތުގައި އިނދެގެން ނަޝީދުގެ ސަރުކާރާއި އިދިކޮޅު މެމްބަރުން ޗެމްބަރުން ނެރުމަށް ނަން އިއްވާފައިވާ ގޮތަށްބަލާއިރު، މަޖިލިސް ކުރިއަށްގެންދިއުމަށް ހުރަސްއަޅާ މެމްބަރުން ނެރުމަށް 10 ވަރަކަށް މިނެޓްވެސް ނުނަގައެވެ.

ނަމަވެސް މިއަދު ޝާހިދު މަސައްކަތްކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދުގެ ސިކުނޑިއާއި ކުޅުމަށެވެ. ކޮންމެ ބައިގަޑިއިރަކުން އެކަކު ނުވަތަ ދެމީހުން ނެރުމަށްފަހު، އިރުއިރުކޮޅާ ޖަލްސާ ހުއްޓާލުމުގެ ބޭނުމަކީ އެއީއެވެ. ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަންފައްޓާއިރަށް ކޮންމެފަހަރަކު ޝާހިދު މެމްބަރުންނާއި މުހާތަބުކޮށް ވާހަކަދެއްކީ އަދި މެމްބަރުންގެ ނަން ގޮވަމުންދިޔައީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދަށް ޖެއްސުންކުރުމުގެ ބޭނުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދަކީ ޝާހިދާއި އެމްޑީޕީ އިން ހީކުރާކަހަލަ ބޮޑު ފިނޑިއެއްނޫނެވެ. އެމަނިކުފާނަކީ މިއަށްވުރެ މާ ހަލަބޮލި ގައުމުތަކުގައި، ނުރައްކާތެރި މާހައުލުތަކުގައި މަސައްކަތްކުއްވާފައިވާ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދު މިއަދު ވަނީ އެމަނިކުފާނުގެ ކިބައިގައި ހިތްވަރާއި، ފަންވަރާއި، ކެތްތެރިކަންވެސް ހުރިކަން ދައްކުވައިފައެވެ. އަދި ޝާހިދުއަށްވުރެ ނުވަތަ އެމްޑީޕީއަށްވުރެ އެމަނިކުފާނުގެ ވިސްނުންފުޅު ތޫނުކަން މިއަދު ވަނީ ސާބޮތުކޮށްދެއްވާފައެވެ.

ޝާހިދާއި އެމްޑީޕީއާއި ހެދި ޑީލްގެ ދަށުން މަޖިލިސް ފެއްޓުމަށް ފުރުސަތު ދީފަ ރިޔާސީ ބަޔާން އިއްވުމަށް ހުރަސްއެޅުމަށް ޖެއްސި ހުރިހާ ގޭމެއް ޗޮކުން ދިޔައީއެވެ. ތިޔަ ގޮވީ އަމިއްލަ އަތަށެވެ. މަގުމަތީ ހަރަކާތުންވެސް އެމްޑީޕީ އިތުރަށް ނިކަމެތިވުން ނޫން ނަތީޖާއެއް ނުނެރެވުނެވެ. ރަށްރަށުން މީހުން ގެނެސްގެންވެސް ހީކުރިވަރާ ގާތަށްވެސް މީހުންނެއް މަގުމައްޗަކަށް ނުނެރެވުނެވެ. އިސް ލީޑަރުވެސް ގޮތްދައްކާފަ ގޭގަ ރަޖާލައިގެން އޮތީއެވެ. ދުވަސް ނިމުނީ އާއްމު މެމްބަރުންގެ ތެރެއިން އެތައް ބަޔަކު ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ވަންނާނެ ގޮޅިތަކެއް އަމިއްލައަށް އުފެއްދުމަށްފަހުއެވެ. ރާޅުގަނޑު ސަރަހައްދުވެސް އަތުން ބީވެގެން ދިޔައީއެވެ. ތިކުޅެވެނީ ފިސާރި ކުޅިތަކެކެވެ. ދެން ލަލަލާ..........

Posted by Dhi Truth on 12:09. Filed under , . You can follow any responses to this entry through the RSS 2.0

ފަހުގެ ޚަބަރުތައް

FLICKR PHOTO STREAM

2010 Dhi Truth. All Rights Reserved. - Designed by Dhi Truth