ވަހީދުގެ ސަރުކާރު ވެސް މަތިބަރުވުމާ ދިމާއަށް
afc, breakingnews, business, cricket, didyouknow, entertainment, feature, football, gallery, maldives, news, politics, sports, world 12:35
![]() |
ރައީސް ވަހީދުގެ ސަރުކާރުގެ ބައެއް ވަޒީރުން އެބޭފުޅުންގެ މަގާމުތަކާ ހަވާލުވެ ވަޑައިގަތުމަށްފަހު ރައީސް އޮފީސްތެރޭ އުފާވެރި ކަމުގެ ވަގުތުކޮޅެއް ހޭދަ ކުރައްވަނީ |
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާ އޮތް އިރު އޭރުގެ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ބުނަމުން ދިޔައީ އެއީ މަތިބަރުވެފައިވާ ސަރުކާރެއް ކަމަށެވެ. ސިޔާސީ މަގާމުތަކާއި ސްޓޭޓް މިނިސްޓަރުންގެ އަދަދު ވެސް ނޭނގޭ ކަށެވެ. ނަޝީދުގެ ސަރުކާރު ވެއްޓި ރައީސް ވަހީދުގެ ސަރުކާރު އައީ އޭރުގެ އިދިކޮޅު ފަރާތައް ގުޅިފައިވާ އިއްތިހާދެއްގެ ސަރުކާރެއްގެ ސިފަ ޖެހިގެނެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން ވެސް ބުނަމުން ދިޔައީ މި ސަރުކާރަކީ ނަޝީދުގެ ސަރުކާރު ފަދައިން ސިޔާސީ މަގާމުތަށް ގިނަ ސަރުކާރަކަށް ނުވާނެ ކަމަށެވެ. ނަމަވެސް ރައީސް ވަހީދުގެ ސަރުކާރުގެ އަމަލުތައް މިހާރު ހުރިގޮތުން މިހާރު ފެންނަނީ ސިޔާސީ މަގާމުތައް ކޮންމެ ދުވަހަކު އުފެދިގެންދާތެނެވެ. ބައި ބަޔަށް ސްޓޭޓް މިނިސްޓަރުންނާއި ނައިބުންނާއި ޑިޕިއުޓީ މިނިސްޓަރުން ހަމަޖައްސަމުންދާއިރު ކަމަށް ގާބިލު ނޫން ފަރާތްތައް ވެސް ހިމެނޭ ކަމަށް ބައެއް މީހުން ބުނަމުން ދެ އެވެ.
"ނަޝީދު ސަރުކާރުގެ ދުވަސް ޑރ. ހަސަން ސައީދު ވިދާޅުވަމުން ގެންދެވި އެއީ އެކްޓިވިސްޓުންނަށް އިސް މަގާމުތައް ދޭ ސަރުކާރެކޭ. މިހާރު ޑރ. ހަސަން އެހުންނެވީ މި ސަރުކާރުގެ ރައީސަށް ލަފާ ދެއްވަން، އެކަމަކު ފެންނަނީ ހަމަ ކުރިން ތަމްސީލުވި މަންޒަރު،" އާ ސަރުކާރުން ސިޔާސީ މަގާމުތައް "ބަހަމުންދާ" ގޮތުން ހިތްހަމަ ނުޖެހިފައި ހުރި މީހަކު އޭނާގެ ޓްވިޓާ އެކައުންޓްގައި ލިޔެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވި ގޮތުގައި ރައީސް ވަހީދުގެ ސަރުކާރުން މިހާރު ގެންދަނީ މިނިސްޓަރުންނާއި، މިނިސްޓަރުންގެ ނާއިބުންނާއި، ސްޓޭޓް މިނިސްޓްރުންގެ ގޮތުގައި "ފުނިފުންޏަށް" ތަޖުރިބާ ނެތް ފަރާތްތަށް ލައްވަމުން ކަމަށެވެ.
"މިނިސްޓަރުންނާއި މިނިސްޓަރުންގެ ނާއިބުންގެ ގޮތުގައި، އަދި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި މިހާރު މީހުން މިލަނީ ފުނިފުންޏަށް. މިހާރު ސިޔާސީ މަގާމުތައް އެ ދަނީ މާބޮޑަށް ވެސް ގިނަވަމުން،" އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވި ގޮތުގައި އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ މެންބަރުންނަށް އިތުރު މަގާމުތަށް ދިނުމަށް ސަރުކާރަށް މަޖުބޫރުވާނެއެވެ. އެހެންކަމުން އަދިވެސް ސިޔާސީ މަގާމުތައް ދާނީ އިތުރު ވަމުންނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އިއްތިހާދުގައި ހިމެނޭ ކޮންމެ ޕާޓީއަކުން ވެސް އެޕާޓީއެއްގެ މަސްލަހަތާ ގުޅޭ ގޮތަށް ސިޔާސީ މަގާމުތަކެއް ކޮންޓްރޯލް ކުރުމަށް ވަނީ ލިސްޓެއް ހަދާފަ އެވެ. މިހާރު މަގާމުތައް ދެމުން ދަނީ އެ ލިސްޓްތަކަށް ބަލައިގެން ހަމަހަމައަށް ބައި އެޅޭ ގޮތަށެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލު ރިޒާ ވިދާޅުވިގޮތުގައި ނަޝީދުގެ ސަރުކާރަށް ވުރެ މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވީ ގާބިލު އަދި އެކަށީގެންވާ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން ނެވެ. އަދި ވިދާޅުވީ މިސަރުކާރުގެ ސިޔާސީ މަގާމުތައް ނަޝީދުގެ ސަރުކާރަށް ވުރެ 52 ދެގުނަ މަދު ކަމަށާއި މި ސަރުކާރުގައި ދެން އިތުރަށް ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުންގެ ނާއިބުން ދެން ނުލައްވާނެ ކަމަށެވެ.
ވަހީދުގެ ސަރުކާރުން ވަނީ ހެލްތުކޯޕަރޭޝަންތަކާއި ޔުޓިލިޓީޒް ކުންފުނިތަކުގެ ބޯޑުތައް އުވާލާފަ އެވެ. އަދި ސަރުކާރުގެ މިހާރުގެ ވިސްނުމަކީ އެ ތަންތަން ވެސް ސެންޓްރަލް ވިއުގައެއްގެ ދަށުން ހިންގުން ކަމަށް ބުނެ އެވެ. އެހެންވެ އެތަންތާގައި ތިއްބެވި ސިޔާސީ މަގާމުތައް ވެސް ވަނީ މަދުކޮށްފަ އެވެ. ނަމަވެސް މަގާމުތަކަށް އަންނަން ފެށި ބޭފުޅުންނާއި ގަނޑުކޮށް މަގާމުތައް ދޭން ފެށުމުން ބައެއް ފަރާތައް ވަނީ ވަހީދުގެ ސަރުކާރު ވެސް ވެގެން ދާނީ މަތިބަރު ސަރުކާރެއް ކަމަށް ބުނަމުންނެވެ.
"ނަޝީދުގެ ސަރުކާރުން 64 ކުންފުންޏެއް އެކި އެކި ތަންތަނުގައި ހިންގި އެ ކުންފުނިތަކުގެ ބޯޑުތަށް ސަރުކާރުން ވަނީ އުވާލާފައެވެ. ނަޝީދުގެ ސަރުކާރުގައި ބައެއް ކުންފުނިތަކުގެ ބޯޑުތަކުގައި ފަސް މެންބަރުންނާއި ހަތް މެންބަރުންނާއި ދެމެދުގެ އަދަދަކަށް މީހުން ތިބޭ. އަނެއްބައި ތަންތަނުގައި ފަސް މެންބަރުންނާއި 10 މެންބަރުންގެ އަދަދަކަށް މީހުން ތިބޭ. ސަރުކާރުގެ މިހާރުގެ ވިސްނުމަމަކީ އެ ތަންތަން ވެސް ސެންޓްރަލް ވިއުގައެއްގެ ދަށުން ހިންގުން. އެހެންވީމާ ސިޔާސީ މަގާމުތައް މަދުވާނެ،" އައްބާސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަހުމަދު މަހުލޫފް ވިދާޅުވިގޮތުގައި މި ސަރުކާރުގައި ސިޔާސީ މަގާމުތަށް މީހުން އައްޔަންކޮށްފައި ވަނީ އެކަށީގެންވާ މިވަރަށެވެ. އެއީ އެއްވެސް ގޮތަށް ގިނަ އަދަދެއް ނޫނެވެ.
އޭނާ ވިދާޅުވި ގޮތުގައި އިއްތިހާދުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ސަރުކާރުގެ މެންބަރުން ހަމަޖެއްސުމުގައި ސަރުކާރުކާރުން އަމަލުކުރަނީ، ޕާޓީތަކުގެ ކުޑަ ބޮޑުމިނަށް ބެލުމަށްފަހު އެވެ. އަދި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މި ސަރުކާރުން ދޭ މުސާރަ ވެސް ނަޝީދުގެ ސަރުކާރާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަން ކުޑަވާނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަގާމުތަކަށް ހަމަޖައްސަވާނީ ކޮން ބޭފުޅެއްކަން ނިންމާނީ ސިޔާސީ ޕާޓީ އިންނެވެ. އެންމެ ތަޖުރިބާ ލިބިފަ ނެތް މީހަކަށް މާގާމެއް ދޭންޖެހޭ ދަނޑިވަޅެއް އަތުވެދާނެ ކަމަށާއި އޭގެ މާނައަކީ ހުރިހާ މަގާމުތަކުގައި އެންމެ ތަޖުރިބާލިބިފަ ތިބި ބޭފުޅުން ނެތުން ނޫންކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.
"އެންމެ ތަޖުރިބާ ލިބފަ ނެތް މީހަކަށް މަގާމެއް ދޭންޖެހޭ ދަނޑިވަޅެއް އައިސްދާނެ. އޭގެ މާނައަކީ ހުރިހާ މަގާމުތަކަށް ހުސް އޭގެ މީހުން ދާނެ ވާހަކައެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ގައުމީ ޕާޓީގެ ކައުންސިލް މެންބަރު އަބްދުއް ރަހީމް ހަސަން ވިދާޅުވި ގޮތުގައި މިނިސްޓްރީތަކުގައި ތިއްބަވާ ސްޓޭޓް މިނިސްޓަރުންނާއި ނާއިބުންގެ އަދަދު ކަނޑައަޅާނީ އެ މިނިސްޓްރީއެއްގެ ކުޑަ ބޮޑުމިނަށް ބެލުމަށް ފަހު އެވެ. މި ސަރުކާރުގައި 14 މިނިސްޓްރީއެއް އޮތް އިރު އިރު 25 ނާއިބުންނާއި 18 ސްޓޭޓް މިނިސްޓަރުން ކަނޑައަޅާފައި ވަނީ އެކަށީގެންވާގޮތަށެވެ. އަދި ހުރިހާ މިނިސްޓްރީތަކުގައި ތިއްބެވީ އެކަމަށް ގާބިލު ބޭފުޅުންނެވެ.
"މިނިސްޓަރުންނަށް އެންމެ ގާބިލު ބޭފުޅުން އެބަތިބި. ނަމަވެސް ހުރިހާ މަގާމުތަކެއް އެންމެ އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ ބޭފުޅުން ނުތިއްބަވާފާނެ. އޯވަރޯލް ކޮށް ބަލާއިރު ރަނގަޅު،"